މޫލީން ވިޔަފާރި ކޮށްގެން އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ލިބޭ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

މޫލީން ބުނީ، މި ޕްރޮމޯޝަން އަކީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަން އެއް ކަމަށެވެ. އެ ގޮތުން މޫލީން އީ2އެސްގެ ތަކެތި ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރި ފަރާތެއް ހޮވުމަށް ޖަހަޖެހިފައިވާ ކަމަށާއި އޭގެތެރެއިން އެއް ވަނައަށް ހޮވޭ ފަރާތަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ދިނުމަށް ވަނީ ނިންމާފައި ކަމަށް މޫލީން ބުނެއެވެ. އަދި ދެވަނަ އަށް ހިވޭ ނަސީބުވެރި ފަރާތަށް 3850 ޕަބްޖީ ޔޫސީ ދިނުމަށް ވަނީ ނިންމާފައެވެ.

މޫލީގެ އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ޑިޖިޓަލް ކާޑުތައް ހިމެނެއެވެ. އެއީ ނެޓްފްލިކްސް އާއި އެޕަލް އާއި ޕްލޭސްޓޭޝަނާއި މައިކްރޮސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކުގެ ގިފްޓް ކާޑުތަކެވެ. މީގެ އިތުރުން ތަފާތު ގޭމުތަކުގެ ފައިސާ ވެސް އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެ އެވެ. ޕަބްޖީ ޔޫސީ އަކީ ޕަބްޖީ ކުޅޭ އިރު ބޭނުންވާ ގޭމިން ފައިސާ އެވެ.

އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަ ދޭ ޕްލެޓްފޯމެކެވެ. އުރީދޫގެ ޕްރޮޑަކްޓުތައް އޯޑަރު ކުރުމާއި، އޮންލައިންކޮށް ފައިސާދެއްކުން، އަދި އޮންލައިންކޮށް އޯޑަރު ކުރާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވާ ކޮށްދިނުން މޫލީގައި ހިމެނެއެވެ.