އުރީދޫ މޯލްޑިވްސް އިން މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މެސެޖިން ޕްލެޓްފޯމް، ކަމަށްވާ ވައިބާ އާއެކު ޕާޓްނާޝިޕް ހަދައި، ވައިބާ މެދުވެރިކޮށް ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފިއެވެ.

އުރީދޫން ބުނީ، މި ހިދުމަތް ތައާރަފްކޮށްފައި ވަނީ، ވަކި ވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކޯނާ ޝޮޕްތައް ފަދަަ ކުދި ވިޔަފާރިތަކަށް އިތުބާރާއި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފާ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

"ވައިބާ އާއި ޕާޓްނާވެ ރަައްކާާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ހިދުމަަތް އަަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އަަޅުގަަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަަލެއް. ވައިބާ އަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށް ވުމުން، މި ހިދުމަަަތަަކީ ކަަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަަރަަށް ބޮޑު ބާރެއް. އަޅުގަނޑުމެންގެ މުޖުތަމައުތައް އިތުރު ހަރުފަތަކަށް ގުޅުވާލަދިނުމަށް މިފަަދަ އައު އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން."
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ހާލިދު އަލް-ހަމާދީ

އަދި ވައިބާ މެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ވެސް ވަނީ ތައާރަފް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން އެ 1000 ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކް އެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

މި އޮފާ ލިބިގެން ދާނީ ސިލްވާ ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅުއްވާ ކަސްޓަމަރުންގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކުރާ ކަަސްޓަމަރުންނަށެވެ.

ވައިބަރ ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި ގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިން ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ އާއި ގުޅުވާލަ ދިނުމުގެ އިތުރުން ބިލް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރުމަށް ވައިބާ ބޭނުންކުރާ ކުރުން ވަަނީ އިތުރުވެފައެވެ. މިއާއެކު ސްކޭމްތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުން ވެސް ވަނީ އިތުރުވެފައެވެ.

"އުރީދޫ މޯލްޑިވްސް އާއި އެކު މި ޕާރޓްނަރޝިޕް އާއި މެދު އަޅުގަނޑުމެން ނުހަނު ފަހުރުވެރިވަން. މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުންތަަކަަަށް ވެސްް އެކަަށޭނެ އެޕެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވައިބާއިން ކުރާ މަަސަައްކަަތުގެ ހެއްކެއް. ކޯލް އަދި މެސެޖިންގެ އިތުރުން ވައިބާ މެދުވެރިކޮށް ކަަސްޓަަަމަރުންގެ މުހިންމު މައުލޫމަތު ހިއްސާާނުކޮށް ރައްކާާތެރިކަަމާއި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް އެއްތަނަަަކުން ކުރިއަށް ގެންދިޔުމަށް މި ހިދުމަތާއެކު ފަަހިވެގެންދާނެ. ޑޭޓާ ޕްރައިވެސީ އާއި ސެކިއުރިޓީ އަަަކީ އަބަދުވެސް ވައިބާއިން ނުހަަނު އިސްކަަމެއް ދޭ ކަަމެއް. އަދި އަޅުގަނޑުމެން ކުރިއެރުމާާއި ހިދުމަަތްތައް ބިނާކުރުމުގައި އަަަޅުގަަނޑުމެންގެ ކަަަސްޓަމަަރުންގެ ރައްކާތެރިކަން ކަށަވަރުކޮށދޭނެ ކަަމުގެ ޔަގީންކަަަން އަރުވަން"
އޭޕީއޭސީގެ ރަކުޓެން ވައިބާ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ

އެހެންކަަމުން މި ހިދުމަތާއެކު ކަސްޓަމަރުންގެ އެކައުންޓް ތަފްސީލް ފަދަ މުހިންމު މައުލޫމާތް ހިއްސާ ނުކޮށް، އިތުބާރާއެކު ފައިސާގެ މުއާމަލާއި ފަަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. ވައިބާ މެދުވެރިކޮށް އެމް-ފައިސާ އިން ކާމިޔާބުކަމާއެކު ޓްރާންސްފާއެއް ހެދުމުން، އޮޓޯއިން ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތައް ވެސް ވަގުތުން ކޮންފަމޭޝަަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަަތު ނައްތާލުމަށް އެހީތެރިވެދޭނެ ކަމަށް އުރީދޫން ބުނެއެވެ.

ވައިބަރގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް:1. ވައިބަރ ޗެޓް ހުޅުވާލާށެވެ.

2. ޖިފް+ ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާށެވެ.

3. "SEND MONEY" ހިޔާރުކުރަައްވާށެވެ.

4. އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާށެވެ.

5. ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވުމަށްފަަހު ޔަަގީންކުރައްވާށެވެ

6. "SHARE RECEIPT" ހިޔާރު ކުރެއްވުމުން ވައިބަރ މެދުވެރިކޮށްްް ކޮންްްފަަަރމެޝަން މެސެޖް ލިބިވަަޑަައިގަަންނަަވާާނެއެވެ.

އުރީދޫ އެޕްމެދުވެރިކޮށް އެމް-ފައިސާ އަށް ރެޖިސްޓާ ވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުމުގެ އިތުރުން، މާޗަންޓުންނަށް ފައިސާ ދައްކާލެވޭނެއެވެ. އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާ ކުރެއްވޭނެއެވެ.