ހަފްތާ ބަންދާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ސޯލިހް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވާނީ އަންނަ ހުކުރު ދުވަހު ކަމަށާއި އަދި ދެވަހުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހް، ޅ. އަތޮޅުގެ 6 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްރަށަކީ:

  • މަޑިވަރު
  • ހިންނަވަރު
  • ފެލިވަރު
  • ނައިފަރު
  • އޮޅުވެލިފުށިކު
  • ރެންދޫ

ޅ އަތޮޅަށް ރައީސް ވަޑަިއގަތުމަށް ހަމަޖެހިފައިވާ އިރު، އެމަނިކުފާނު އުފަން ރަށް ކަމަށް ވާ ހިންވަރަށް ވެސް މި ދަތުރުފުޅުގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މިވަގުތު ތިއްބެވީ ސިންގަޕޫރުގައެވެ. އެ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެއެވެ.

ރައީސް އެންމެ ފަހުން އަތޮޅުތެރެއަށް ވަޑއިގަތީ ށ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށެވެ.