އެމްބިއުލާންސް ޝިޕްމަންޓް 3 ގައި ހިމެނޭ 15 އެމްބިއުލާންސް ފޮނުވާނެ ރަށްތައް މިއަދު ހެލްތް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.
އެސްޓިއާ ދެމެދު ސަރުކާރުން ހެދި އެއްބަސްވުމުގައި ހިމެނޭ 96 އެމްބިއުލާންސްގެ ތެރެއިން 55 އެމްބިއުލާންސް ވަނީ 3 ޝިޕްމަންޓަކަށް ބަހާލައިގެން ގެނެސްފައެވެ. އެގޮތުން 3 ވަނަ ޝިޕްމަންޓް މާލެ ގެނެސްފާ ވަނީ މި މަހުއެވެ.
މިއަދު ހެލްތު މިނިސްޓްރީއިން އިއުލާނުކުރި 15 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ތުރާކުނު، ހއ. ވަށަފަރު، ހއ. ބާރަށް، ހދ. ކުޅުދުއްފުށި، ޅ. ކުރެންދޫ، ކ. ކާށިދޫ، އއ. ފެރިދޫ، މ. މުލަށް، ދ. މީދޫ، ދ. މާއެނބޫދޫ، ލ. މާބައިދޫ، ލ. ގަން، ގއ. މާމެންދޫ، ގދ. ވާދޫގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލެވެ.
އެމްބިއުލާންސާ ގުޅޭ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހެލްތު މިނިސްޓްރީން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯ އާ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައެވެ. އޭގެ ތެރެއިން 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ގައެވެ.
އެ އެމްބިއުލާންސްތައް އެ މަހުގެ 30 ވަނަ ދުވަހު ރަށްތަކަށް ފޮނުވާފައިވާއިރު އެ ރަށްތަކަކީ ހއ. އުލިގަމު، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއެވެ.
އެމްބިއުލާންސްތަކުގެ ދެވަނަ ޝިޕްމަންޓް މިދިޔަ 29 ވަނަ ދުވަހު މާލެ ގެނެސްފައިވާއިރު އެ އެމްބިއުލާންސްތައް މިދިޔަ ޑިސެންބަރު 6 ވަނަ ދުވަހު ރަށްރަށަށް ފޮނުވަން ވަނީ ފަށާފައެވެ. އެ އެމްބިއުލާންސްތައް ފޮނުވީ ހދ. ކުމުންދޫ، ށ. ބިލެތްފަހި، ށ. ނަރުދޫ، ނ. ފޮއްދޫ، ނ. ކުޑަފަރި، ބ. ކެންދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ. ކޮޅުފުށި، ތ. ވަންދޫ، ތ. ބުރުނި، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ކޮލަމާފުށި، ގއ. ނިލަންދޫ، ގދ. ރަތަފަންދޫ، އއ. ބޮޑުފޮޅުދޫ އަދި މ. ދިއްގަރެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.