މާލެ ސަރަހައްދަުގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މާލެ ސަރަހައްދުގެ 6 ސެންޓަރަކުން އަންނަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް، ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް، ދަރުބާރުގެ، ސެނަހިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.
ވެކްސިން ޖަހައިދޭ ސެންޓަރުތައް ހުޅުވާފައި ހުންނަ ވަގުތުތައް:
- ދަރުމަވަންތަ ހޮސްޕިޓަލް: ހޮނިހިރުން ބުރާސްފަތި ދުވަހަށް- ހެނދުނު 9 އިން ހަވީރު 4އަށް ( އެޕޮއިންޓަމަންޓް ނެތި)
- ސެނަހިޔާ: އާދިއްތައިން ބުރާސްފަތި ދުވަހަށް- މެނދުރު 12 އިން 02:30 އަށް (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)،
- ދަމަނަވެށި: އާދިއްތައިން ބުރާސްފަތި ދުވަހަށް- މެންދުރު 1 އިން ހަވީރު 3 އަށް (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)
- ދަރުބާރުގެ: ހޮނިހިރުން ބުރާސްފަތި ދުވަހަށް- ހެނދުނު 10 އިން 4 އަށް، (އެޕޮއިންޓަމަންޓް ނެތި)
- ހުޅުމާލެ ހޮސްޕިޓަލް: ހޮނިހިރުން ބުރާސްފަތި ދުވަހަށް- ހެނދުނު 9 އިން 1 އަށް (އެޕޮއިންޓަމަންޓް ނެތި)
- ޓްރީ ޓޮޕް ހޮސްޕިޓަލް: އާދިއްތަ، އަންގާރަ އަދި ބުރާސްފަތި- ހެނދުނު 9 އިން 12އަށް އަދި 2 އިން 4 އަށް، (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)
- އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ބޫސްޓާ ޑޯޒް ޖަހަމުންއައީ ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 60 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. އެހެންނަމަވެސް މި މަހުގެ 15 ދުވަހުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓާ ޑޯޒު ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ވެފައިވާ މީހުންނަށެވެ.