އެޗްޕީއޭގެ ތެރެއިން ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ފޭކު ވެކްސިން ކާޑު ވިއްކި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް މައްސަލަ އާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ތުހުމަތު ކޮށްފައި ވަނީ 3000 ރުފިޔާގެ މަގުން 50 އަށްވުރެ ގިނަ ފޭކު ވެކްސިން ކާޑު ހަދާފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ އެޗްޕީއޭގެ އޮންލައިން ޕޯޓަލް އިން ވެސް އެމީހަކު ވެކްސިން ޖަހާފައި ހުރި ކަމަށް ދައްކާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ އެޗްޕީއޭގެ އިސް މަގާމެއްގައި ހުންނެވި ފަރާތަކާއި ދެކޮޅަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ބަަހެއް އަދި ލިބިފައެއް ނުވެއެވެ.