މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުނާއި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބައްދަލު ކުރަން ނިންމައިފިއެވެ.

ޑަބްލިއުޑީސީގެ މެންބަރުންނާ އެ ކޮމިޓީން ބައްދަލުކުރަން ނިންމާފައި ވަނީ މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ބައްދަލުވުމެއްގައި ތިއްބާ އޮފީސް ތަޅުލި މައްސަލައިގައެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޑަބްލިއުޑީސީގެ މެމްބަރުން އެ އޮފީހުގައި 45 މިނެޓް ވަންދެން ބަންދުކޮށްފައި ތިބި ކަމަށެވެ.

މިގޮތުން އެ މައްސަލައިގައި އަންނަ ހޯމަ ދުވަހު ކޮމިޓީން އެ މެންބަރުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިސްޓް ކޮމިޓީއަށް ވެސް ހުށަހަޅާފައިވާ ކަަމަށެވެ. އެ ކޮމިޓީއިން ވެސް މި މައްސަލަ ބަލަމުންދާ ކަމަށް ނިޔާޒު ވިދާޅިވިއެވެ.

ޑަބްލިއުޑީސީގެ މެމްބަރުންނާ ބައްދަލުކުރަން ދެ ކޮމިޓީ އެއްކޮށްލާނީތޯ ނުވަތަ ނޫންތޯ މެމްބަރުންގެ ކިބައިން އަހާފައި ވާއިރު މި މައްސަލަ ބެލުމަށް ފަހުގައި ފާހަގަވާ ކަންތައްތައް ހިއުމަން ރައިސްޓް ކޮމިޓީއާ ހިއްސާކުރުމަށް ވަނީ ފާސްވެފައެވެ.