އެމްބިއުލާންސް ޝިޕްމަންޓް 3 ގައި ހިމެނޭ 15 އެމްބިއުލާންސް މާލެ ގެނެސްފި ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ ޝިޕްމަންޓް ގެ ދަށުންއިތުރު 15 އެމްބިއުލާންސް ގެނެސްފައިވާ ކަމަށާއި އެ އެމްބިއުލާންސްތައް ވީ އެންމެ އަވަހަަކަށްް ރަށްތަކަށް ފޮނުވުން ކަމަށެވެ.

އެމްބިއުލާންސާ ގުޅޭ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހެލްތު މިނިސްޓްރީން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯ އާ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައެވެ. އޭގެ ތެރެއިން 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް މާލެ ގެނެސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ގައެވެ.

އެ އެމްބިއުލާންސްތައް އެ މަހުގެ 30 ވަނަ ދުވަހު ރަށްތަކަށް ފޮނުވާފައިވާއިރު އެ ރަށްތަކަކީ ހއ. އުލިގަމު، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއެވެ.

އެމްބިއުލާންސްތަކުގެ ދެވަނަ ޝިޕްމަންޓް މިދިޔަ 29 ވަނަ ދުވަހު މާލެ ގެނެސްފައިވާއިރު އެ އެމްބިއުލާންސްތައް މިދިޔަ ޑިސެންބަރު 6 ވަނަ ދުވަހު ރަށްރަށަށް ފޮނުވަން ވަނީ ފަށާފައެވެ. އެ އެމްބިއުލާންސްތައް ފޮނުވީ ހދ. ކުމުންދޫ، ށ. ބިލެތްފަހި، ށ. ނަރުދޫ، ނ. ފޮއްދޫ، ނ. ކުޑަފަރި، ބ. ކެންދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ. ކޮޅުފުށި، ތ. ވަންދޫ، ތ. ބުރުނި، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ކޮލަމާފުށި، ގއ. ނިލަންދޫ، ގދ. ރަތަފަންދޫ، އއ. ބޮޑުފޮޅުދޫ އަދި މ. ދިއްގަރެވެ.

3 ވަނަ ޝިޕްމަންޓާއެކު އެސްޓިއާ ދެމެދު ސަރުކާރުން ހެދި އެއްބަސްވުމުގައި 96 އެމްބިއުލާންސްގެ ތެރެއިން 55 އެމްބިއުލާން ވަނީ ގެނެސްފައެވެ.

ސިއްހީ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު، ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ނުވަތަ އެމްބިއުލާންސް ހަލާކުވެގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށްވެސް ބައެއް މީހުން ފާޑުކިޔާފައިވެސް ވެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.