މާލޭގެ ހެންވޭރުގެ ސަރަހައްދަކުން އެއް ގަޑިއިރަށް މިއަދު ކަރަންޓުގެ ހިދުމަތް ކަނޑަން ނިންމާފައިވާ ކަމަށް ސްޓޭލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ވަނީ ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ހިތްފަސޭހަ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު ހަވީރު 4 އިން 5 އަށް ކަމަށެވެ.

އެއީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިކަމުން އާންމުންނަށާއި ވިޔަފާރުތަކަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި އެފަދަ އެކި މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކަނޑާ ފަހަރުތަކުގައި އާންމުކޮށް ސްޓެލްކޯއިން އަންނަނީ އެ ފަދަ މައުލޫމާތު ހިއްސާ ކުރަމުންނެވެ.