ކޮންމެ ދުވަހަކު މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގަމުންދާ ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ބ. ގޮއިދޫގައި ފުލުހުންގެ ހިދުމަތް ދިނުމަށް ގާއިމްކުރި ފުލުހުންގެ ޕޯސްޓް ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން މެނުވީ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަމާއި، އިޖުތިމާއީ ދުޅަހެޔޮކަން ނާންނާނެ ކަމަށެވެ.
އަދި މުޅި ރާއްޖެއަށް ވިސްނާ ފިކުރު ހިންގައިލާއިރު ރާއްޖޭގެ ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ މީގެ އެތައް ދުވަހެއް ކުރިން ރާއްޖެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ އަސަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
އެކަމުގެ ފަހަތުގައި ތިބި ނުރައްކާތެރި މީހުން އެ ކުރާ މަސައްކަތަކީ ހުރިހާ މީހުންވެސް އެކަމަށް ވިސްނައިގެން ފުލުހުންގެ ހިދުމަތް ބައްޓަންކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވޭނީ އެގޮތުން ކަމުގައި އިމްރާން ވިދާޅުވިއެވެ.
އެގޮތުން، މެދުކެނޑުމެއްނެތި ކޮންމެދުވަހަކު މަސްތުވާތަކެތީގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގަމުންދާކަން އިމްރާން ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހަތުން އަންނަ ބޮޑެތި ކުށްތަކުގެ ނަތީޖާއިން މުޅި މުޖުތަމައު އަބާއްޖަވެރިވެ ނުތަނަވަސްވެ ހިތްހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެންދާކަމަށް އިމްރާން ވަނި ވިދާޅުވެފައެވެ.
މި ހާލަތު ބަދަލުކުރުމުގައި ރައްޔިތުންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން އެއީ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ މަސައްކަތެއްކަން ފާހަގަކުރައްވާ، އެ މަސައްކަތް ކުރުމުގައި ފޫހިކަމެއްނެތި ފުލުހުން ދެމިތިބޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ދެން ކަލޭ ރައްޔިތުންގެ ފައިސާ ކައިގެން ފާޑަކަށް އާގަމަވެފަ ތިޔަ ހުންނަނީ ކީއްވެބާ. ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދާ ނުދެވެންޏާ އަވަހަށް ގެއަށް ވަޑައިގަންނަވާ. ޔުމްނާ އުޅޭނެ ގޭގަ.