ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ބަދަލުގެ ގޮތުގައި އިތުރު 50.8 މިލިއަން ރުފިޔާ ސަރުކާރުން ދީފި ކަން ހާމަވެއްޖެއެވެ.
އެއިމްސް ކުންފުނިން ރިސޯޓްތަކެއް ތަރައްގީ ކުރުމަށް ޑަބްލިއުއެލްޓީއާ ދެމެދު 2007 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން ޑަބްލިއުއެލްޓީ އިން އެއިމްސް ކުންފުންޏަށް އެޑްވާންސަށް ވަނީ 1.9 މިލިއަން ޑޮލަރާއި ފައިނޭންސް ކޮސްޓުގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (ޖުމްލަ 3.3 މިލިއަން ޑޮލަރު) ދައްކާފައެވެ.
އެ ފައިސާގެ މައްސަލަ ކޯޓަށް ވައްދާ ކޯޓުން އޮތީ، 3.3 މިލިއަން ޑޮލަރު (50.8 މިލިއަން ރުފިޔާ) އެއްމަސް ދުވަސް ތެރޭ ޑަބްލިއުއެލްޓީއަށް ދައްކަން ހުކުމް ކޮށްފައެވެ. ނަމަވެސް ޝަރުއީ މަރުހަލާތައް ނިމެންދެން ސަރުކާރުން އެފައިސާ ނުދައްކާ އޮތުމަށް ފަހު މިހާރު ގާސިމަށް އެފައިސާ ދިނީއެވެ.
އަދި އެކަން ކުރީ އެއިމްސް ކުންފުނި އުވާލުމުގެ މަސައްކަތް ކުރެވެން އޮތީ އެ ދަރަނި ހަލާސްކޮށްގެން ކަމަށް ބުނެއެވެ.
އެއިމްސް ކުންފުންޏަކީ ވިޔަފާރީގެ މުއާމަލާތެއް ނުހިންގާ އޮންނަތާ އެތައް އަހަރެއް ވެފައިވާ ކުންފުންޏެކެވެ. އެ ފައިސާ ދައްކާފައި ވަނީ އެ ކުންފުނީގައި ހިއްސާ އޮންނަ އެސްޓީއޯ، އެމްއޭސީއެލް އަދި އެމްޓީސީސީ އިން، ފައިސާ ދީގެން ކަމަށް މައުލޫމާތު ލިބެއެވެ. އެ ގޮތުން އެއިން ކޮންމެ ކުންފުންޏަކުން 1.1 މިލިއަން ޑޮލަރު (16.9 މިލިއަން ރުފިޔާ) އެއިމް އަށް ދީގެން އެ ފައިސާ ދައްކާ ވަނީ ހަލާސްކޮށްފައެވެ.
މި ކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ފަރާތެއްގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
ގާސިމަށް ސަރުކާރުން މި ފައިސާ ދީފައިވާ އިރު، އޭނާ ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނުގައި އެމްޑީޕީއާއެކު އެ ދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ. މި ދަތުރުގައި ގާސިމް ވަނީ އެމްޑީޕީއާ އެކު ހުންނެވިކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ކުރައްވާ އެކަން ކުރައްވަނީ އޭނާއަށާއި އެމްޑީޕީއަށާއި ސަރުކާރަށް ފައިދާ ވާ ގޮތަށް ކަމަށް ވެސް ވިދާޅުވެފައެވެ.
ޣާސިމަށް މި މައްކާރު ސަރުކާރުން އެވަރަކަށް ފައިސާ އެ ދެނީ އިންތިޚާބުތައް ކާމިޔާބު ކުރަން، އެވަރަށް ފައިސާނުދެންޏާ ގާސިމް ކޯލިސަނުގާ ނުހުންނާނެ ކަމުގެ ބިރު ދައްކާތީ ރައީސް އިބުރާހިމަށް މަޖުބޫރުވޭ، ފައިސާދީގެން ގާސިމް ލޮއްސަން، ފައިސާ ދެންޏާ ގާސިމް ކޮއްމެ ކަމެއް ވެސް ކޮށްދޭނެ، ގައުމުގެ ބައިތުލްމާލުން މި ސަރުކާރު ރައިއްޔަތަކަށް ކަމެއް ކޮށްނުދިނަސް ވޯޓު ގަނެވޭތޯ ބަލާނެ.
ގާސިމް ބެސްޓު