މާލޭގެ ގަލޮލޫގެ ސަރަހައްދަކުން ދެ ގަޑިއިރަށް މިއަދު ކަރަންޓުގެ ހިދުމަތް ކަނޑަން ނިންމާފައިވާ ކަމަށް ސްޓޭލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ވަނީ ގަލޮޅުގެ ފާށަނާ ކިލެގެ މަގާއި، މަޖީދީމަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަމަށެވެ. އެއީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ދެ ގަޑިއިރަށް ކަރަންޓް ކަނޑާނެ ކަމަށް ބުނި ނަމަވެސް މި މަސައްކަތް ނިމުނު ހާ އަވަހަކަށް އަލުން ކަރަންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިކަމުން އާންމުންނަށާއި ވިޔަފާރުތަކަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި އެފަދަ އެކި މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކަނޑާ ފަހަރުތަކުގައި އާންމުކޮށް ސްޓެލްކޯއިން އަންނަނީ އެ ފަދަ މައުލޫމާތު ހިއްސާ ކުރަމުންނެވެ.