ގިރާވަރާއި މާލެ ބްރިޖަކުން ގުޅުވުމުގެ މަޝްރޫއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު އެ ބްރިޖުގެ މަޝްރޫއު އިއުލާނު ކުރައްވައިފައި ވާއިރު ތިލަފުށި، މާލެ، ވިލިމާލެ ގުޅުވާ، ތިލަމާލެ ބްރިޖުގެ މަސައްކަތްވެސް އަންނަނީ ފެށުމަށް ތައްޔާރުވަމުންނެވެ.

މާލެ އާ 11.1 ކިލޯ މީޓަރު ދުރުމިނުގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދެއްވާނެ ކަމަށާއި ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެ ދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ ކަމަށް ވެސް ރައީސްގެ މިއަދުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެހެން އެކަން ވެއްޖެނަމަ މާލޭ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެެވެ.

"މި ބްރިޖްގެ ސަބަބުން މާލެ ސަރަހައްދުގެ ދިރިއުޅުމާ ވިޔަފާރިއާ އިޖްތިމާއީ ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް ފަސޭހަކަމާ ކުރިއެރުމާ ދުވެލި ލިބިގެންދާނެ,"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމާވާފައިވާ ކަމަށާއި މިގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިމަސައްކަތް މިއަހަރު ޖޫންގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ވަނީ ފުށިދިއްގަރު ފަޅުގައި މަޝްރޫއެއް ހިންގަން ނިންމާފައެވެ. އަދި މިފަހުން ވެސް ރައީސް ޔާމީން ވަނީ ދެން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފި ނަމަވެސް އެ މަޝްރޫއު ހިންގަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.