ކޮވިޑް 19ގެ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައިވާނަމަ ޑައިރެކްޓް ކޮންޓެކްޓްވާ މީހުންނަށް ލުއިދޭން އެޗްޕީއޭއިން ނިންމައިފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، މާދަމާއިން ފެށިގެން ބަލީގެ ކޮންޓެކްޓުންނަށް ކަރަންޓީން ކުރަން ޖެހޭ މުއްދަތު ބަދަލު ކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ކޮންޓެންޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެންޓިޖެން ނުވަތަ ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށާއި ނަތީޖާ ލިބެން ދެން ހުންނަން ޖެހޭނީ ކަރަންޓީންގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުން ޕޮޒިޓިވްވި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން 5 ދުވަސް ވުމުން ޕީސީއާރު ޓެސްޓެއް ހަދަން ވާނެ ކަމަށާއި ކޮންޓެކްޓުވި މީހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ އެކުގައި އުޅޭ ނަމަ ކޮވިޑަށް ޕޮޒިޓިވްވާ މީހާގެ ކަރަންޓީން މުއްދަތު ނިމެންދެން ކަރަންޓީންގައި ހުންނަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ކަރަންޓީން މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށާއި އެ ޓެސްޓްގެ ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީނުގައެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަމަށް އެޗްޕީއޭއިން ބަލަނީ، ދެ ޑޯޒް ފުރިހަމަ ކުރުމުގެ އިތުރުން ދެވަނަ ޑޯޒް ޖެހިތާ ހަ މަސް ދުވަސް ފަހުން ބޫސްޓަ ޑޯޒް ވެސް ފުރިހަމަކޮށްފައިވާ މީހުންނެވެ.
ތިވެކްސިނެއް ޖެހޭނެ ގޮތެއް ރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަކަށް ނެތް. 2 ވަނަޑޯސް ޖެހިފަހުން ހަމަސްވެސް ވެއްޖެ. އާދޭސް ކޮށްފަ ބުނަން ރާއްޖެތެރޭގައި އުޅެނީވެސް ހަމަ ދިވެހި ރައްޔިތުން އެ މީހުންވެސް ޓެކްސް ފައިސާދައްކާ ވެކްސިން ޖެހޭނެ ގޮތެއް ހަމަޖައްސަވައިދެއްވުން އެދެން!