މާލެ ސަރަހައްދަުގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މާލެ ސަރަހައްދުގައި މިހާރުވެސް 3 ވައްތަރެއްގެ ވެކްސިން ޖަހަމުން އަންނައިރު، ސިނޮފާމް ވެކްސިން ޖަހަމުން އަންނަނީ އެންމެ ސެންޓަރަކުންނެވެ. އެއީ ސެނަހިޔާ ހޮސްޕަލްގައެވެ. އެސްޓްރަޒެނެކާ ވެކްސިން ވެސް ޖަހަމުންގެންދަނީ ސެނަހިޔާ ހޮސްޕިޓަލުންނެވެ. މާލެ ސަރަހައްދުގެ 6 ސެންޓަރަކުން އަންނަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް، ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް، ދަރުބާރުގެ، ސެނަހިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.

ވެކްސިން ޖަހައިދޭ ސެންޓަރުތައް ހުޅުވާފައި ހުންނަ ވަގުތުތައް:

  • ދަރުމަވަންތަ ހޮސްޕިޓަލް: ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 9 އިން 12:45އަށް އަދި 2 އިން 6:45 އަށް، (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)
  • ސެނަހިޔާ: ހޮނިހިރުން ބުދަ ދުވަހަށް- މެނދުރު 12 އިން 03:00 އަށް (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)، ސިނަފާމް ވެކްސިން ޖަހައިދިނުން އާދިއްތައިން ބުރާސްފަތި ދުވަހަށް- ހެނދުނު 8:30 އިން 9 އަށް އަދި އެސްޓްރަޖެނެކާ ވެކްސިން ޖަހައިދިނުން އާދިއްތައިން ބުރާސްފަތި ދުވަހަށް- ހެނދުނު 10:30 އިން 11:00އަށް
  • ދަމަނަވެށި: އާދިއްތައިން ބުދަ ދުވަހަށް- މެންދުރު 1 އިން ހަވީރު 4އަށް (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)
  • ދަރުބާރުގެ: ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 11 އިން 1އަށް އަދި 2 އިން 5:45 އަށް، (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)
  • ހުޅުމާލެ ހޮސްޕިޓަލް: ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 9 އިން 1 އަށް އަދި 2 އިން 5 އަށް، (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)
  • ހުޅުމާލެ ހޮސްޕިޓަލް: ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 9 އިން 1 އަށް އަދި 2 އިން 5 އަށް، (ހަމައެކަނި އެޕޮއިންޓަމަންޓް އުސޫލުން)

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ބޫސްޓާ ޑޯޒް ޖަހަމުންއައީ ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 60 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. އެހެންނަމަވެސް މި މަހުގެ 15 ދުވަހުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓާ ޑޯޒު ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ވެފައިވާ މީހުންނަށެވެ. އަދި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ.