ހދ. ހިރިމަރަދޫގެ އަތިރިމަތީގައި، އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ހިރިމަރަދޫގެ އަތިރިމަތިން ފެނުނު މީހަކީ އުމުރުން 71 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ، ހިރިމަރަދޫ އަތިރިމަތީގެ ރާޅު ޖަހާ ހިސާބުގައި މޫދުގައި އޭނާ މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ މެންދުރުފަހު 1:30 ހާއިރު ކަމަށެވެ.

އޭނާގެ ހަށިގަނޑު ބެލިބެލުމުން މިހާތަނަށް އެއްވެސް ޒަހަމެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.