ޓްވިޓާއިން ރަނގަޅު ޖަވާބު ދިމާކޮށްގެން އުރީދޫގެ މި އަހަރުގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އޮފާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އުރީދޫއިން ޓްވިޓާ މެދުކޮށް ކުރާ ސުވާލުގެ ޖަވާބު ފޮނުވައިގެން މި އޮފާގައި ބައިވެރިވެވޭނެއެވެ.

މިގޮތުން އުރީދޫން ކޮށްފައިވާ ސުވާލަކީ ވޭލް ޝާކް އާންމުގޮތެއްގައި ކަނީ ކޮންބާވަތެއްގެ އެއްޗެއް ހެއްޔެވެ؟. އުރީދޫން މި ސުވާލަށް ދިން އިހުތިޔާރީ ތިން ޖަވާބަކީ "ކްރެބީ ޕެޓީސް" ނޫނީ "ޕްލެންކްޓޯންސް" އަދި "މަންޓާ ރޭސް" އެވެ.

އުރީދޫން ވަނީ މި ސުވާލުގެ ޖަވާބު މިމަހު 27 ވަނަ ދުވަހުގެ 11:59ގެ ކުރިން ދިނުމަށް އެދިފައެވެ. މި ސުވާލަށް ޖަވާބު ދޭއިރު #OMMageyRaajje2022 ބޭނުން ކުރުމަށް އުރީދޫން ވަނީ އެދިފައެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރަކީ ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އީޖާދީ، އޮގްމެންޓެޑް ރިއަލިޓީ ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ ރީތި ދިރުންތައް ދިރުވައި އާލާކޮށްލެވޭ ގޮތައް ތައްޔާރު ކޮށްފައިވާ ކަލަންޑަރެކެވެ.

މި ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު، ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެއެވެ.