އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ އެ ކުންފުންޏަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށް ވާއިރު އެންމެ އިސްކަމެއްދޭ ކަމަކީ ހިއްސާދާރުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމާއި ހިއްސާދާރުންނާ ގުޅޭ ހުރިހާ ކަމެއްގައި އެންމެހައި ހިއްސާދާރުންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މަސައްކަތްތައް ބައްޓަންކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް މިހާރު ފެތުރެމުންދާ މިންވަރަށް ބަލާ ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ކުރިމަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ފޯމު ހުށަހަޅަންޖެހޭ ވަގުތު ފާއިތުވިއިރު ބައެއް ހިއްސާދާރުން ހުށަހަޅުއްވާފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށްހުށަހަޅުއްވާފައި ނުވާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި އަނެއްބައި ފަރާތްތަކަކީ މަގާމުގެ ޝަރުތުތައް ހަމަނުވާ ފަރާތްތައް ކަމަށާއި އެހެންކަމުން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖަނަވަރީ 27، 2022 ދުވަހުގެ 2 ޖެހުމާ ހަމައަށް ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ.ސަންލީޓު (6 ވަނަ ފަންގިފިލާ)އަށް ކަމަށާއި އަދި ފޯމު އީމެލް ކުރައްވާނަމަ، އީމެއިލްއަށް ކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އުރީދޫގެ ވެބްސައިޓް އިން ނުވަތަ މި "ލިންކް" އިން ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.