ސެޓެލްކޯ އިން އދ. ދިގުރަށަށް ގެންދިޔަ ސްޓެވޯ ބްރޭންޑްގެ އާ ޖަނަރޭޓަރު ސެޓާ އެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ 1518 ކިލޯވޮޓަށް އިތުރުވެއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓުގެ ކެޕޭސީިޓީ އިތުރު ކުރުމަށްޓަކައި ފޮނުވާފައިވާ އެކުންފުނީގެ ސްޓެވޯ އެސްޓީޑަބްލިއު-600 ގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަން ކޮށް، އިއްޔެ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މި އާ ޖަނަރޭޓަރު ސެޓާ އެކު، ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 918 ކިލޯވޮޓުން 1،518 ކިލޯވޮޓަށް ވަނީ އިތުރު ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސްޓީޑަބްލިއުގެ ތިން މޮޑެލެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ:

  • އެސްޓީޑަބްލިއު-300
  • އެސްޓީޑަބްލިއު-600
  • އެސްޓީޑަބްލިއު-800

ސްޓެލްކޯ އިން ވަނީ މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓުތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޭގެ އިތުރުން، މި ޖަނަރޭޓަރު ސެޓުތަކަށް ސްޓެލްކޯ އިން ދޭ އިތުރު ހިދުމަތްތަކަކީ:

  • ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ލޯކަލް ވޮރަންޓީއާއި އާފްޓާ ސޭލްސް ސާވިސް
  • ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުން