މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނުތާ 2 ގަޑިއިރު ފަހުން ހުޅުމާލެއަށް ކަރަންޓް ދެވިއްޖެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އަދިވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ނުލިބުނު ނަމަވެސް މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ވަނީ ކަރަންޓް ދޭން ފަށާފައެވެ.
ސްޓެލްކޯއިން ބުނީ ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.