ސެޓެލްކޯއިން އއ. ތޮއްޑޫއަށް ގެންދިޔަ ސްޓެވޯ ބްރޭންޑްގެ އާ ޖަނަރޭޓަރުސެޓާ އެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ 1656 ކިލޯވޮޓަށް އިތުރުވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓުގެ ކެޕޭސީިޓީ އިތުރު ކުރުމަށްޓަކައި ފޮނުވާފައިވާ އެކުންފުނީގެ ސްޓެވޯ STW600 ގެ އާ ޖަނަރޭޓަރުސެޓް ކޮމިޝަން ކޮށް، އިއްޔެ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މި އާ ޖަނަރޭޓަރުސެޓާ އެކު، ތޮއްޑޫގެ ކަރަންޓުގެ ކެޕޭސިޓީ 1056kW އިން 1656kW އަށް ވަނީ އިތުރު ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފައި ވާއިރު އޭގެ ތެރޭގައި STW600، STW300، އަދި STW800 ހިމެނެވެ.

ސްޓެލްކޯ އިން ވަނީމި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އަދި ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް ލޯކަލް ވޮރަންޓީ އާއި އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.