ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން ޓީޗަރުން ކިޔަވައިދޭ އިރު އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި، ދަރިވަރުންނަށް ކިޔަވައިދޭއިރު، ޓީޗަރުންނަކީ ކޮން ބައެއްކަން ދަރިވަރުންނަށް އެނގެން ޖެހޭނެ ކަމަށް ބުނެ، މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާ ދެކޮޅުކަމަށް ވެރިކަން ކުރާ އެމްޑީޕީން ހާމަކޮށްފިއެވެ.
ބައެއް ފަރާތްތަކުން ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަށް ބާރު އަޅަމުންދާ ކަމަށް ބުނެ މިއަދު ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ، މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭ ޓީޗަރުންނަކީ ކޮން ބައެއްކަން ގިނަ މައިންބަފައިންނާއި، ބެލެނިވެރިންނާއި، ދަރިވަރުން އެނގެން ބޭނުންވާ ކަމަށެވެ.
އެއީ ކުރިންވެސް ދިވެހިންގެ ތެރޭގައި އޮތް އާދަކާދަ އެއް ކަމަށާއި، އޭރުވެސް ޓީޗަރުންނާއި ސްކޫލްތަކުން އެ މިންގަނޑުތައް ހިފަހައްޓަމުން ގޮސްފައި ވާއިރު، ސްކޫލްތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓައި ރައްކާތެރިކަން އޮންނަންޖެހޭ ތަނެއް ކަމަށް ވާތީ، ދަރިވަރުންނަށް ކިޔަވައިދޭއިރު، ޓީޗަރުންނަކީ ކޮން ބައެއްކަން ދަރިވަރުންނަށް އެނގެން ޖެހޭނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށް ބުންޏެވެ.
އެހެން ނަމަވެސް، މޫނު ބުރުގާ އާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ދީނުން ބޭރުވެފައިވާ ބައެއް ކަމަށް ސިފަކޮށް، އެގޮތަށް ސިފަކުރާ މީހުންނަށް ގެއްލުން ދީފައިވާތީ، އެކަމާ މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން ކުރާ ތަފާތުކުރުންތައް ނައްތާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
އެމްޑީޕީން މިފަދައިން ބަޔާނެއް ނެރެފައިވާއިރު، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަށް ޓީޗަރުންނަށް ހުރަސްނޭޅުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލައި، ބަޔާނެއް ނެރެފައެވެ.
ރައްބުގެ ހުކުމްއްއްތަ ބަދަލު ކުރަނީ ތި؟
ވެރިކަމަށް އަންނަންވެގެން އުޑުގައި ނެތްހާ ތަރިއެއް ބޭލުވި ހަދާންނެތުނީތަ. ބަރާބަރު 2އަހަރުވީ މިމާސްކެއް އަޅައިގެން ކިޔަވާދޭތާ. ސްކޫލްތަކުގެ ސެކިޔުރިޓީގެ ގޮތުގައި ފިންގަރ ޕަންޗުކުރުން ނުވަތަ ކާޑްޖެހުންއޮވެ. އެލިބިފައިވަނީ ސިވިލްސާވިސިސުން ހުރިހާ ކުފޫއެއްހަމަވީމާ ދޭވަޒީފާގައި. މާތްﷲ ތިޔަބައިމީހުންނަށް މިކަންތައްތަކުގެ ފިލާވަޅު ދައްކަވާށި. އާމީން.