ހިޔާ ޓަވަރުތަކުގެ ތިރީގައި ލިފްޓްތަކަށް އަރަން އޮންނަ ޖާގައިގައި ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި އެޗްޑީސީން ފެށި މަސައްކަތުގެ ދަށުން، އެޗް-5 ޓަވަރުގެ ލޮބީގެ ޖާގަ ބޮޑުކޮށް ނިންމާފައިވާ ކަމަށް، އެ ކޯޕަރޭޝަނުން ބުނެފިއެވެ
ފްލެޓްތައް ކައިރީގައި ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި ފްލެޓްތަކުގެ ކައިރީގައި ޖާގަ ބޮޑުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ، މިދިޔަ އަންގާރަ ދުވަހުގައެވެ.
ލިފްޓް ހިމެނޭ ލޮބީގެ ސަރަހައްދު ބޮޑު ކުރަނީ ބައެއް ފާރުތައް ތަޅާލައިގެނެވެ.
އެޗްޑީސީން ބުނީ، ހިޔާ ފުލެޓުގެ ލޮބީ ސަރަހައްދުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށްޓަކައި އެޗް-5 ޓަވަރުގެ ލޮބީ ބޮޑުކޮށްފައިވަނީ ޕައިލަޓް މަޝްރޫއެއްގެ ދަށުން ކަމަށާއި، މި މަޝްރޫއުގެ މަސައްކަތްތައް ހިޔާ ފުލެޓުގެ ހުރިހާ ޓަވަރެއްގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި 25 ބުރި ހުންނައިރު، ކޮންމެ ޓަވަރެއްގައިވެސް ހުންނަނީ ހަތަރު ލިފްޓެވެ. ނަމަވެސް ލިފްޓު ކައިރީގައި މަޑުކުރާނެ ޖާގަ ކުޑަވެ، ބާރުބޮޑުވާ ގަޑިތަކުގައި ތޮއްޖެހޭ މައްސަލާގައި އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެސް އެބަ ހުއްޓެވެ.
ނަމަވެސް، ފްލެޓްތަކުގެ ލޮބީ ބޮޑުކުރުމުން އާންމުންގެ ދަތިތަކަށް ހައްލެއް ލިބިގެން ދާނެއެވެ.
ޅިފްޓް ލޮބީއިން ބޭރަށް ނުކުންނަން އޮންނަނީ ވަރަށް ހަނި ގޯޅިގަނޑެއް. ވަންނަން އަންނަ މީހާޔާ ނުކުންނަން އަންނަ މީހާޔަށް ދެކޮޅަކަށް ނުދެވޭ. ޢެކަކު ޖެހެނީ މަޑުކުރަން.