"އިންޑިއާ އައުޓް" ހަރަކާތުގެ ނޭދެވޭ އަސަރު ސްކޫލްތަކާ ހަމައަށް ފޯރަމުން ދާތީ ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.
ށ. ފުނަދޫ ސުކޫލުގެ ފާރުގައި އިންޑިއާ އައުޓް ޝިއާރާއެކު "ސޭ ނޯ ޓު އިންޑިއަން" މިފަދައިން ލިޔެފައި ވަނީ އިއްޔެއެވެ. ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން އެ ސުކޫލުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް، ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދު ބ. ފެހެންދޫގައި ސެޓެލައިޓް ސްކޫލް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ސިޔާސީ ހަރަކާތްތައް ސްކޫލްތަކާ ހަމަޔަށް ފޯރުމަކީ ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
މިއީ ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދަން ކުރާ މަސައްކަތްތައް ކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ ކުދިންގެ ތައުލީމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިފަދަ ހުރިހާ ކަމަކާ އެންމެންވެސް ދުރުވުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.
ފުނަދޫ ސްކޫލު ފާރުގައި ކުރެހުމާ ގުޅިގެން ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައި ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އަދި އެ ފަރާތްތަކަށް އެ ތަންތަނުގައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ ފަރާތްތަކުން ސްކޫލްތަކުގައި އެދެމުންދާ ކަމަށް އޭޑިއުކޭޝަނުން ބުނެއެވެ.
ފުނަދޫ ސުކޫލުގެ ފާރުގައި ލިޔުނު އިބާރާތްތައް ލިޔެފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް އެރަށު ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައެވެ.
ޢިންޑިއާ އައުޓް ސްކޫލާ ހަމައަށް ދިޔައިމަ ފައިސަލް ކަންބޮޑުވީ އިންޑިއާ ޓީޗަރަކު އިސްލާމް ފޮތް ބިންމައްޗަށް ވައްޓާލާ ކުދިންނަށް ކްރިސްމަސްޓްރީ ހަދަން ދަސްކޮށްދިނީމަ ކަންބޮޑެއް ނުވޭ . އުތެމަ ޖަމިއްޔާއިން ރަސޫލާއަށްް ފުރައްސާރަކޮށް އިސްލާމް ދީނަށް ހަޖޫޖެހީމަ އެއްޗެކޭ ބުނަން ނުކެރި ފިލާ އޮވެފަ މިހާރު ތިޔަ ގޮވަނީ ކޮން ކޮހެއްބާ!
ބަލަ ފައިސަލް ކަންބޮޑުވާ ފަދައިން އަހަރެމެންގެ ރައްޔިތުންގެ މިނިވަންކަމާ މެދު އަހަރެމެންވެސް އެބަހާސްވެ ކަންބޮޑުވެޔޭ އެކަމަކު ގޮތްނޭނގޭ އެއްބަސް ވުންތަކެއް މިސަރުކާރުން އިންޑިޔާއާ އެކު ހޭދީ ކީއްކުރަން އެހެންވެ ތިކަން ތިހެން ތިޔަވަނީ އިންޑިޔާ މިލިޓަރީ ބޭރުކުރީމަ ތިކަމެއް ނުކުރާނެ އޭރުން އެނިމުނީ.