ކ. ގާފަރުގައި ބަހައްޓާފައިވާ 15 ޓަނުގެ ދެ އާރްއޯ ފެން ޕްލާންޓުން ދުވާލަކު ރައްޔިތަކަށް ގިނަވެގެން 20 ލީޓަރު ދޫކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ގާފަރުގައި ބަހައްޓާފައިވާ ފެން ޕްލާންޓުން އާންމު ބޭނުމަށް ރަށު ރައްޔިތުންނަށް ފެން ދޫކުރުމަށް ވަނީ އުސޫލުތަކެއް ކަނޑައަޅާފައެވެ.
ސްޓެލްކޯއިން ބުނީ ގާފަރުގައި މިވަގުތު ގާއިމް ކޮށްފައިވާ ފެނުގެ ސިސްޓަަމަކީ ގެތަކަށް ނެޓްވޯކް ހޮޅި ގުޅާފައިވާ ސިސްޓަމަކަށް ނުވުމުުން އާންމު ބޭނުންތަކަށް ފެން ދޫކުރުމަށް ހަމަޖެހިފައި ވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށެވެ. މީގެ އިތުރުން ކޮންމެ ރައްޔިތަކަށްވެސް މި އުސޫލުގެ ދަށުން ދޫކުރެވޭނީ ދުވާލަކު ގިނަވެގެން 20 ލީޓަރުގެ ފެން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ވެސް ހަވީރު 4 އިން 6 އަށް ކަމަށް ސްޓެލްކޯ އިން ހާމަކުރެއެވެ.
ގާފަރަކީ ފެނުގެ ދަތިކަން ދިމާވެފައި ވާ ރަށަކަށް ވާއިރު އެރަށު މީހުން ބޯން ބޭނުންވާ ފެން ދޭތެރެދޭތެރެއިން މާލެއިންވެސް ގެންދެއެވެ.