ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހުމަދު އަޝްރަފް އައްޔަންކުރައްވައިފިއެވެ.

ޑރ. އަޝްރަފް އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކުރީ މިދިޔަ އަހަރުގެ ޖޫން 16ގައެވެ.

އެ ކޮމިޝަނުން މި މަގާމު އިއުލާނުކުރީ މުސާރައިގެ ގޮތުގައި ލިބޭ 54،430 ރުފިޔާ އާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު ލިބޭ 530 ރުފިޔާ އާއެކު ޖުމްލަ 70،33 ރުފިޔާއާއެކުގައެވެ. މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބެއެވެ.

ޑރ. އަޝްރަފް ވަނީ ސިއްހީ ދާއިރާގައި 14 އަހަރު ހިދުމަތް ކުރައްވާފައެވެ. އޭނާ ގްރެޖްއޭޓްވެފައި ވަނީ ޔޫކްރޭންގެ މެޑިކަލް ސްކޫލަކުންނެވެ.

އެއަށްފަހު އޭނާ ވަނީ ނޭޕާލުގެ ނޭޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައިންސްގައި އިންޓާނަލް މެޑިސިންގެ ތަމްރީނު ވެސް ހައްދަވާފައެވެ.