ށ. ކޮމަންޑޫ ބާ އިންޖީނުގެ ނިންވާލުމަށް ފަހު އާ އިންޖީނުގެ ހުޅުވައިފިއެވެ.

ކޮމަންޑޫ އާ އިންޖީނުގޭގެ މަސައްކަތް ނިމި، އާ އިންޖީނުގެއިން އެރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައި ވަނީ އިއްޔެއެވެ.

ކޮމަންޑޫ އާ އިންޖީނުގެ ހުޅުއްވައިދެއްވީ ކޮމަންޑޫ ދާއިރާގެ މަޖިލީސް ބައި އިލެކްޝަންގެ އެމްޑީޕީ ކެމްޕޭން ލޯންޗުކުރުމަށް އެރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ރައީސް ސޯލިހު ވަނީ އެރަށުގައި މީހުން ދިރިއުޅޭ ގެތައް ކައިރި ހުރި 32 އަހަރުވީ ބާ އިންޖީނުގޭގެ ޖަނެރޭޓަރު ނިއްވާލަ ދެއްވާފައެވެ.

ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ ކޮމަންޑޫގައި ޒަމާނުއްސުރެއް ހުރި އިންޖީނުގޭގެ ޝަކުވާއަކީ ވޭތުވެދިޔަ 32 އަހަރު ރައްޔިތުން ކުރި ޝަކުވާއެއް ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެކަމަށް ހައްލެއް ގެނެސްދެވުނީ އަދި ކިރިޔާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ކޮމަންޑޫގައި އަލަށް ގާއިމް ކޮށްފައި ވަނީ 600 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. މިއާއެކު އެރަށުގެ ކަރަންޓުގެ ޖުމްލަ ކެޕޭސިޓީއަކީ 1.3 މެގަވޮޓްއެވެ.

މީހުން ދިރިއުޅޭ ގެތަކާއި އިންވެގެން ހުންނަ ދުވަސްވީ އިންޖީނުގެތައް މީހުން ދިރިއުޅޭ ގެތަކާއި ދުރަށް ބަދަލުކުރުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ.