ސޯލާ ހަކަތަ އުފައްދާ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯމް ސޯލާ ޕްރޮގްރާމެއް ހިންގަން އެންވާރަމަންޓް މިނިސްޓްރީން ފެނަކައާ ހަވާލު ކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއެވެ.
ފެނަކައިން ބުނީ މިިއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގުރާމެއް ކަމަށެވެ.
އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ އަމާޒު ހާސިލްކުރުމަށް ވެސް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެެއް ކަމަށް ފެނަކައިން ބުނެއެވެ.
ފެނައިން ބުނީ މި ޕްރޮގްރާމުގެ ދަށުން، ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި ގޭބިސީތަކުން ބޭނުންވާ ޖުމްލަ ކަަރަންޓް ނުވަތަ ކަރަންޓުން ބައެއް އިރުގެ އަލީގެ ހަކަތައިން އުފެއްދޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށާިއ އެގޮތުން 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި މިޕްރޮގްރާމުގެ ދަށުން ދެ ކިލޯ ވޯޓުގެ ސިސްޓަމެއް ގާއިމުކޮށްފިނަމަ، ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅާބަލާއިރު 90 ޕަސަންޓަށް ވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތްކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.
މީގެ އިތުރުން ދޫކުރެވޭ ހޯމް ސޯލާ ނިޒާމްތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތު މީހާގެ ޖީބަށް ލުއި، އަދި އިންސްޓޯލްމެންޓް އުސޫލުން ދޫކުރެވޭ ނިޒާމްތަކެއް ކަމަށާއި އަދި މާލީ ބޮޑު ތަކުލީފެއް ނެތި މި ނިޒާމްތައް ފަރުދުންނަށް ގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ފެނަކައިން ބުނީ، ސަރުކާރުން މި މަޝްރޫއު ހިންގުމަށް ފެނަކައާއި ހަވާލުކުރާ ފައިސާއިން ދެ ކިލޯ ވޯޓުގެ 1000 ސޯލާ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ. އަދި މި އަދަދު މުސްތަގުބަލުގައި ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެެވެ.
މި މަޝްރޫއާ އެކު ދެ ކިލޯ ވޯޓުގެ 1000 ސިސްޓަމް ގާއިމުކުރެވިއްޖެނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓުކުރާ ތެލުގެ ތެރެއިން ނުވަ ލައްކަ ލީޓަރު ތެޔޮ މަދުކުރެވިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ. މިއީ މިހާރުގެ ޑީސަލްގެ އަގަށް ބަލާއިރު އަހަރަކަށް 10 މިލިއަން ރުފިޔާ ކަމަށާއި ސަލާމަތް ކުރެވޭ ތެލުގެ ސަބަބުން، އަހަރަކު ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ ތެރެއިން 2500 ޓަނު ކާބަން ޑައިއޮކްސައިޑް މަދު ވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
މުޅި ރާއްޖޭގައި މިހާތަނަށް ސަރުކާރުން 2008 އިން ފެށިގެން ޖެހި ސޯލަރ ޕެނަލްސް ތަކުގެ އަގު އެބަޖެހޭ 900 މިލިއަން ޑޮލަރާއި ގާތަށް މީ މުޅި ރާއްޖެތެރެއަށް ކަރަންޓް ލެވޭނެ ފައިސާ ސުމަކުން ފެށި ނަމަވެސް ނުވަތަ މާލެ އަށް ކަރަންޓް ދޭން ހިންމަފުށި ފަޅު ހިއްކާ އެފަޅުން ހުޅުމާލެ އަށް ބްރިޖަކުން ގުޅުވާލާ އަދި އެތަނުގައި ބޮޑު އިންޖީނުގެ އެއް އަޅައިގެން މުޅި މާލެ ސަރަހައްދަށް ކަަރަންޓް ދެވޭނެ ފައިސާއޭ 5 އަހަރު ނުވާ ޕެނަލްސް ތައް ވެސް ވަނީ ހަލާކުވެފައޭ މަސައްކަތް ނުކުރެއޭ ލާމު އަތޮޅުގައި ހުރި އެންމެ ޕެނަލެއް ވެސް މަސައްކަތް ނުކުރޭ އައްޑޫ ގައި ހުރި އެންމެ ޕެނަލެއް ވެސް މަސައްކަތް ނުކުރޭ އޮޑިޓަރ ޖެނެރަލް ނެރެފައިވާ ރިޕޯރޓެއްގައި ވެސް އެބަބުނޭ ސޯލަރ އެނަރޖީ އަކީ އެއީ އެއްވެސް ފައިދާ އެއް ވާ އެނަރޖީ އެއް ނޫނޭ ދެން ސަރުކާރުން ގެއްލުން ވަމުންދާ ކަންކަން ނުބަލާ ދައުލަތުގެ ބަޖެޓުން އަވަސް އަރުވާލައިގެން 20 މިލިއަން ރުފިޔާ ކެނެރީގެ ނަޝީދުގެ ބޭބެ ނާޝިދު އަށް ދޭން ވެގެން ފައިވިއްދާފައި ހުރީ އެއީ ކިއެއްވެތޭ...
ތި 20 މިލިއަން ރުފިޔާ އަކީ މިހާރު ސްވިމްސޮލް ކިޔާ ބޭރު ކުންފުންނަކަށް ދޭން ނިންމާފައިވާ މަސައްކަތެކޭ އެއީ ރިއަންގެ ދަށުން ހިންގާ ކުންފުންނެކޭ މީސީދާ ތިމާވެށި މިނިސްޓަރާއި އެކުންފުންނާއި ގުލިގެން ކުރާ ބޮޑު ވައްކަމެކޭ ބިޑް ނުކޮށް ބޭނުން ބަޔަކަށް ދެވޭނީ އެއީ ފެނަކައަށް ހަވާލު ކުރުމުންނޭ އެހެންވެ އެޑީލް މިހާރު ކުރިއަޢް ދަނީ މީ ސީދާ އިންޖިނިއަރިންގް ތެރޭން ކުރާ ބޮޑު ވައްކަމެކޭ ހޯމ1 ސޯލަރ އިން އަންދާ ތެލުން ޑީސަލް ސަލާމަތް ނުވާނެއޭ ވެފައި ނެތޭ
ތިމާވެށި މިނިސްޓަރު އަވަސް އަރުވާލައިގެން ފެނަކަ އަށް 20 މިލިއަން ރުފިޔާ ޓްރާންސްފަރ ކުރީ ފެނަކަ އަކީ އެއީ ބިޑް ކުރުމެއް ނެތި ގިނަ ކަންކަން ކުރާ ކުންފުންނަކަށް ވެފައި އަދި ވަކި ކުންފުންޏަކަށް މި 20 މިލިއަން ރުފިޔާ ދޭންވެގެންނޭ އެއީ ނާޝިދު ގެ ކުންފުންނަށޭ މިހާތަނަށް ރާއްޖޭގައި ޖެހި ސޯލަރ ޕެންލަސް ތަކުން ސަލާމަތް ވި އެންމެ ލީޓަރު ޑީސަލެއް ނެތޭ މާލެއަތޮލު ފިނޮޅު ރިސޯރޓް ގައި 80 މިއަން ޑޮލަރުން ޖެހި ޕެނަލްސް ތައް އުކާލަންޖެހުނީއޭ..