އެއްމާބަނޑު ދެބެންނޭ ބުނުމުން ކޮންމެ މީހަކަށްވެސް ބޭ އިހުތިޔާރުގައި ވިސްނާލެވިފައި އޮންނަނީ އެ 2 ބޭންގެ އުފަން ދުވަހަކީ އެއް ދުވަހެއް ކަމަށެވެ. އެއްމާބަނޑު 2 ބޭންގެ މެދުގައި ގިނަ ފަހަރަށް މިކަން އޮންނަނީވެސް އެގޮތަށެވެ. 2 ކުދިންގެ މެދުގައި ގިނަ ފަހަރު ހުންނާނީ މަދު މިނެޓް ކޮޅެއްގެ ފަރަގެކެވެ. އެއް އުފަންދުވަހެއް ހިއްސާ ކުރާނެ ކަމުގެ ހީ ކުރެވެން ފަށަނީވެސް މި ސަބަބާ ހެދި ކަމަށް ވެދާނެއެވެ.

ކަން މިހެން އޮތް ނަމަވެސް، 2 ދުވަހެއްގައި އުފަން ދުވަސް ފާހަގަ ކުރާ 2 ބޭން އުފަންވެއެވެ. އެއީ ފަހަރެއްގައިވެސް ގިނަ ދުވަސްތަކެއްގެ ފަރަގަކުން ނޫނެވެ. އުފަން ދުވަސް ފާހަގަ ކުރުމަށް ގިނަ ފަހަރަށް ތާރީހު ޖަހާ އުޅެނީ މީލާދީ ސަނަތުން ކަމުގައި ވެފައި، ތާރީހު ބަދަލު ވަނީ މެންދަމު 00:00 ގައި ކަމުން، މެންދަން މިނެޓްގެ ދެކޮޅުގައި ވިހާ 2 ކުދިންނަކީ 2 ދުވަހެއްގައި އުފަންވި ކުދިން ކަމުގައި ބަލައެވެ.

އެއްމާބަނޑު 2 ބޭންނަށް 2 އުފަން ދުވަހެއް ލިބުމަކީ ހާއްސަ ކަމަކަށް ވާއިރު، އަހަރެއްގައި އުފަންވި އެއްމާބަނޑު 2 ބޭން ތިބުމަކީ ވަކިން އާދަޔާ ހިލާފު ކަމަކަށް ނުވެނުދާނެއެވެ. މިއީވެސް ވެދާނެ ކަމެކެވެ. ވީ ކަމެކެވެ. ދާދި ފަހުންނެވެ. މި ފެށުނު މީލާދީ އާ އަހަރާއެކުގައެވެ.

ފާތިމާ މަދްރިގާލްއާއި ރޮބާޓް ތުރުހީލޯއަކީ އެއްމާބަނޑު ދެބޭންގެ ފަހްރުވެރި މައިންބަފައިންނެވެ. ކެލިފޯނިއާއާށް އުފަންވި މި އެއްމާބަނޑު 2 ބޭންގެ ތެރެއިން އެންމެ ފުރަތަމަ އުފަންވީ އަލްފްރެޑޯއެވެ. އެއީ ޑިސެމްބަރު 31، 2021 ވަނަ ދުވަހުގެ ރޭ، މެންދަން ވުމާ ގާތް ވެފައި ވަނިކޮށެވެ. ދެ ވަނަ ދަރިފުޅު އުފަންވީ އޭގެ 15 މިނެޓް ފަހުންނެވެ. އުފަން ތާރީހަކަށް ވީ ޖަނަވަރީ 1، 2022 އެވެ. އަންހެން ދަރިފުޅު އައިލީންއާއި ބޭބެ، އެލްފްރެޑޯގެ ވާހަކަ ހާއްސަ ވަނީ މިހެންވެއެވެ.

އައިލީންއާއި އަލްފްރެޑޯއަކީ އެއްމާބަނޑު 2 ބޭން ކަމުގައި ވީ ނަމަވެސް، އުފަންވީ 2 ދުވަހެއްގައެވެ. 2 މަހެއްގައެވެ. އަދި ނުވިތާކަށް، 2 އަހަރެއްގައެވެ.

އައިލީންއާއި އެލްފްރެޑޯ ވިއްސި،ލ ޑރ އާނާ އަބްރީލް އާރިއާސްވެސް ވަނީ، މިއީ އޭނާގެ މަސައްކަތު ހަޔާތުގައި ދިމާވި ކަންކަމުގެ ތެރެއިން، ހަނދާނުގައި އަބަދުވެސް ހުންނާނެ އެއް ހަނދާނުގެ ގޮތުގައި ސިފަ ކޮށްފައެވެ.