ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މިސްބާހް މުޖުތަބާ އެ މަގާމުން ވަކި ކޮށްފިއެވެ.
އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނައިބު ރައީސް މިސްބާހު މަގާމުން ވަކިކޮށްފައިވާ ކަމަށާއި ނަމަވެސް ކައުންސިލް މެންބަރެއްގެ ގޮތުގައި މިސްބާހު ދެމިހުންނާނޭ ކަމަށެވެ.
މިސްބާހު މަގާމުން ވަކިކުރީ އިއްޔެނޫން އިހަށްދުވަހު އޮތް ކައުންސިލްގެ ބައްދަލުވުމެއްގައި އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެ ނިންމުން ނިންމާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން މިހާރު ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް މިސްބާހުގެ އިތުބާރު ނެތްކަމަށް ނިންމީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.