ނ. ލަންދޫގައި އަލަށް އިމާރާތްކުރި 500 މީހުންގެ ޖާގައިގެ މިސްކިތް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައިފިއެވެ.

ނ. ލަންދޫގައި އަލަށް އިމާރާތްކުރި މަސްޖިދުލް ފުރުގާން، ރައީސް ހުޅުއްވައިދެއްވީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި ނ. ލަންދޫއަށް ވަޑައިގަތުމަށް ފަހުއެވެ.

ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެން އެޅި އެ މިސްކަިތަކީ 500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ވާ މިސްކިތެކެވެ. އެ މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ހަރަ ދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.

މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫ ކުރުމާއި، ނަމާދުކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މި މިސްކިތިުގެ ނަމާދު ކުރާ ބައިގެ ބޮޑުމިނުގައި 3024 އަކަފޫޓު ހުންނާނެއެވެ.

ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއެކު މި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިސެމްބަރު 22، 2020 ވަނަ ދުވަހުއެވެ. މި މިސްކިތުގެ މަސައްކަތް ފައްޓާފައި ވަނީ ޖަނަވަރީ 24، 2021 ވަނަ ދުވަހުއެވެ. މިސްކިތުގެ މަސައްކަތް ނިންމާފައި ވަނީ އޮކްޓޯބަރ 5، 2021 ވަނަ ދުވަހުއެވެ. އަދި މި މިސްކިތް ނިންމާ މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މިއަދުއެވެ.