ޔޫތު މިނިސްޓްރީ އާ ގުޅިގެން ޒުވާނުން ތަމްރީނު ކުރުމުގެ އެއްބަސްވުމެއްގައި އެސްޓީއޯއިން މިއަދު ސޮއިކޮށްފިިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު މަރިއަމް ނުޒުހާއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.

އެސްޓީއޯއިން ބުނީ، ޔޫތު މިނިސްޓްރީ އާ ގުޅިގެން ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، ވަޒީފާގެ މާހައުލުގައި ޒުވާނުންނަށް ތަޖުރިބާ ލިބި، ބޭނުންވާ އިތުރު ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

އެސްޓީއޯއިން ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.

އެސްޓީއޯއިން މިއަދު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން ޔޫތު މިނިސްޓްރީ އާ އެއްކޮށް އެއްބަސްވެފައިވާއިރު، އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ނިންމާލާފައެވެ. އަދި އެމްޓީސީސީންވެސް ވަނީ "ހުނަވަރު" ގެ ނަމުގައި މަސައްކަތްތެރި ޒުވާނުން ވަޒީފާއަށް ނެރުމަށްޓަކައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފައެވެ.