ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ގައުމެއްގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެ ބޯޓުން ދަތުރުކުރި 5 މީހުން ތިބި ކަމަށާއި އެ އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަން އުޅެނިކޮށް އަވަށްޓެރި ގައުމުތަކުގެ ބޯޓްތައް ހިފަހައްޓާ، ޖޫރިމަނާކޮށްފައި ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ބޯޓުތައް ދައުލަތަށް ނަގާފައިވެސް އެބަހުއްޓެވެ.
އެގޮތަށް ދައުލަތަށް ނަގާފައިއޮތް ސްރީލަންކާގެެ ދެ ބޯޓެއް ނީލަމުގައި ވިއްކާލުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފައި ވެއެވެ.