އެމްޕީއެލްގެ މުވައްޒަފަކު އަންހެނަކާ ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ، ބިރު ދައްކާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން، މާލޭގެ ނޯތު ހާބަރުގެ ތެރޭގައި ހުރި ފިރިހެނަކު އެތަނަށް ވަން އަންހެނަކާ ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެނެއެވެ.

އަދި އެ ތަނުގައި ތިބި އެހެން ދެ ފިރިހެނަކާ ޒުވާބުކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

https://fb.watch/ag-iFMqsVw/

މި މައްސަލާގައި އެމްޕީއެލުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، އެ ކުންފުނިން ދަނީ މި މައްސަލަ ބަލަމުން ކަމަށެވެ.

"މި ކުންފުނިން މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ގަވައިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން." އެމްޕީއެލުން ބުންޏެވެ.