ރޭ ހުޅުމާލެއާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖް މަތީގައި ތިން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ރޭ މި އެކްސިޑެންޓްތައް ހިނގާފައިވަނީ 10:45 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ތިން އެކްސިޑެންޓެއް ހިނގި އިރު އެއް އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އަނެއް ދެ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ކާރު ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

ހިނގި ތިން އެކްސިޑެންޓްގައި ވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އުޅަނދުތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ތިން މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް މައުލޫމާތު ދެއެވެ.

ހުޅުމާލެއާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންތްތައް ހިނަގާފައި އެބަ ހުއްޓެވެ. ހާއްސަކޮށް ރޭގެ އެ ވަގުތަކީ އާއަހަރު ފެށުމާ ގާތްވަމުން ދިޔަ ވަގުތަށް ވެފައި ބްރިޖުމަތީގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ވެހިކަލްތައް ގިނަކަން ފާހަގަ ކުރެވުނެވެ.