އަންނަ 2022 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ބުނީ 2022 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭގޮތަށް އޮތް ނަމަވެސް ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

އަންނަ އަހަރު ފެމިލީ ކޯޓުގައި ކައިވެނި ކޮށްދެނީ ކޯޓުގެ ރަސްމީ ގަޑީގައި، ހެނދުނު 09:00 އިން 11:30 އަށެވެ. އަދި މެންދުރު 1:00 އިން 02:00 އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓު ތެރޭގައި ކާވެނި ކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

މީގެ އިތުރުން ކޯޓުން ބޭރުގައި ކާވެނި ކޮށްދޭނީ ހަވީރު 4:00 އިން ރޭނގަނޑު 9:30 އަށް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ފެމިލީ ކޯޓުން ކާވެނިކޮށްދޭ ދުވަސްތައް ދުރާލާ އިއުލާން ކުރެއެވެ.

ކުރިން ބަންދު ދުވަސްތަކުގައި ކާވެނި ނުކޮށްދޭން ނިންމިއަސް މިއަހަރު ވަނީ ހުރިހާ ދުވަހެއްގައި ކާވެނި ކޮށްދޭން ނިންމާފައެވެ. މިއީ މިފަދައިން ހުރިހާ ދުވަހެއްގައި ކާވެނި ކޮށްދޭ ދެ ވަނަ އަހަރެވެ.