1000 ބައިވެރިންނާއެކު 34 ވަނަ ވާޗުއަލް ގައުމީ ގުރުއާން މުބާރާތް ފަށައިފިއެވެ.

މި މުބާރާތުގެ އޮޑިޝަނުގައި 4000 ފަރާތަކުން ބައިވެރިވި އިރު އޭގެ ތެރެއިން މުބާރާތައް ހޮވާފައިވަނީ 1000 ފަރާތެކެވެ.

މި 1000 ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ގޮފިން ބައިވެރިވި ހުރިހާ ބައިވެރިންގެ ކިޔެވުންތައް މިހާރު ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް އިންތިޒާމު ކޮށްފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

މިއީ، މި ގޮތަށް މިފަދަ މުބާރާތެއް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް މި މުބާރާތް ބޭއްވީ ވާޗުއަލް ކޮށެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ މުޖައްވަދު (ދިގުރާގު) ކެޓެގަރީ އާއި ހަދަރު (ކުރުރާގު) ކެޓަގަރީއެވެ.

މިދިިޔަ އަހަރު ފައިނަލް ބުރުގައި މުޖައްވަދު (ދިގުރާގު) ކެޓަގަރީއަށް 34 ބައިވެރިން އަދި ހަދަރު (ކުރުރާގު) އަށް 309 ބައިވެރިން ވަނީ ކިޔަވާފައެވެ.