ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ފުރާވަޑައިގެންފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. މިއީ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ކޮންމެ އާ އަހަރަކު ރައީސް ރާއްޖެއިން ބޭރަށް ވަޑައިގަންނަވައެވެ.

ސްރީލަންކާގައި ރައީސްގެ އަނބިކަނބަލުންގެ އާއިލީ ބޭފުޅުން ދިރިއުޅުއްވައެވެ.