ނ. މަނަދޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 132،000 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ހަދާ ހިންގުމުގެ އެއްބަސްމުވުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި "ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ދެމެދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް މި ހޮޓާ ތަރައްގީކޮށް 2024 ޖުލައި ގެ ކުރިން ހުޅުވޭނެ ކަމަށް ބެލެވޭ ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

2065 މީހުންގެ އާބާދީއެއް އޮންނަ މަނަދޫގައި ރަޖިސްޓާ ކޮށްގެން ހިންގާ ގެސްޓު ހައުސްއެއް ނުހުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު الله މައުސޫމް އާއި ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ބައިވެރިވެވަޑައިގަތެވެ.