އުރީދޫ އެމްފައިސާގެ އެޕްލިކޭޝަން ބޭނުންކޮށްގެން އަމާނާތަކާފުލްގެ މޮޓޯ ވެހިކަލް އިންޝުއަރެންސް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، ދުއްވާ އުޅަނދުފަހަރު އިންޝުއަރެންސް އާ ކޮށް އިންޝުއަރެންސް ދެއްކުމަށް އަމާނާތަކާފުލް ހިޔާރު ކުރާ ކަސްޓަމަރުންނަށް އެއީ މިހާރު އެހާ އުނދަގޫ ކަމަކަށް ވެގެން އުޅެން ނުޖެހޭނެ ކަމަށެވެ. މިހާރު އުރީދޫ އެމްފައިސާ މެދުވެރިކޮށް އެ ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމަކީ އުރީދޫ ބޭނުންކުރާ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހައިން ކޮންމެ ތާކު ހުރެވެސް ހޯދޭނެ ހިދުމަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ އެމްފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

މިހާރު ވެސް އުރީދޫ އެމްފައިސާ ބޭނުން ކޮށްގެން ކަރަންޓް، ފެންބިލް ދައްކާލެވޭނެއެވެ. ހަމައެއާއެކު މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކަށް ފައިސާ ދެއްކޭނެއެވެ.