ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުއްދުމުގެ އެންމެ ފަހު މަރުޙަލާގެ މައި ހިއްސާދާރަކަށް ވެސް ފެނަކަ ހަމަޖައްސައިފިއެވެ.
ފެނަކައިން ބުނީ ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުރިހަމަކުރުމުގެ ގޮތުން އެ ހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 ޕަސެންޓް މަސައްކަތް ހަވާލުކުރައްވާފައި އެ ކުންފުންޏާ ކަމަށާއި އަދި އެއީ ހުރިހާ އެންމެންނަށްވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ހިއްސާ ބަލައިގަނެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކުންފުންޏަށް ލިބިފައިވާކަމުގެ ހެއްކެއް ކަމަށް ގާބޫލުކުރެވޭ ކަމަށެވެ.
ފެނަކައިން ބުނީ ތާރީހުގައި މިހާތަނަށް ހަވާލުވި އެންމެ ބޮޑު މަޝްރޫއު ކަމުގައި މި މަޝްރޫއު ވެގެން ގޮސްފައިވާއިރު ފުރިހަމަ ގޮތުގައި އަވަސްކަމާއެކު މަސައްކަތް ނިންމާ މި ދާއިރާއިން ނަމޫނާ ދެއްކުމަށް އެ ކުންފުނި އޮތީ ސާބިތުކަމާއެކު ތައްޔާރުވެފާ ކަމަށާއި 600 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު މިމަޝްރޫއު ކަނޑައަޅައި އެއްބަސްވެފައިވާ ތާރީހަށްވުރެ ކުރިން ނިންމާ، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަށް ފެނަކައިން ވަނީ އަމާޒު ހިފާފާ ކަމަށެވެ.
ފެނަކައިން އިތުރަށް ބުނީ ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ އަލަށް ގާއިމްކުރެވޭ ނިޒާމްތަކުން ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ހިދުމަތް ފުޅާކޮށް ދެމެހެއްޓެނިވި ހިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެއް ކަމަށެވެ.
މުޅީންވެސް ހަދަނީ ދޮގު މި ސަރުކާރަކީ ދޮގުން ދޮގު ފަޅާފަވާ ސަރުކާރެއް.