އަހަރީ ހިސާބުތައް ހެދުމަށްޓަކައި ބީއެމްއެލްގެ ގޮފިތައް ތިން ދުވަހަށް ބަންދުކުރަން ނިންމައިފިއެވެ.

ބީއެމްއެލްގެ ހުރިހާ ގޮތްޕެއް މިމަހުގެ 30 ގައި ބަންދުކުރުމަށް ފަހު، ދެން ހުޅުވާނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.

ބޭންކުން ބުނީ، ބޭންކުގެ ހުރިހާ ގޮތްޕެއް ބަންދުކުރަނީ އަހަރީ ހިސާބުތައް ނިންމުމަށާއި، އާ އަހަރުގެ ޗުއްޓީ އާ ދިމާކޮށް ކަމަށެވެ.

އެ މުއްދަތުގައި އިންޓަނެޓް ބޭންކިން އާއި ސެލްފް ސާވިސް އޭޓީއެމްތަކުން ހިދުމަތް ލިބޭނެ ކަމަށާއި، ކާޑް ސެންޓަރުގެ ނަންބަރުން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އާ އަހަރާ ދިމާކޮށް އަހަރީ ހިސާބުތައް ހެދުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި ބައެއް ކުންފުނިތައް އަބަދުވެސް ބަންދު ކުރެއެވެ.