ރައީސް އިބްރާހީމް މުހައްްމަދު ސޯލިހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ރައީސް ސޯލިހު އާއި ޝައިހް ހަސީނާ ބައްދަލު ކުރައްވާފައި ވާއިރު ދެ ބޭފުޅުން ވަނީ މުހިންމު މަޝްވަރާތައް ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެއާ ބަންގަލަދޭޝްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ބަންގްލަދޭޝް އިން ރާއްޖެއަށް 13 އަސްކަރީ އުޅަނދުތަކެއް ވަނީ ހަދިޔާ ކޮށްފައެވެ.

ޝައިހް ހަސީނާއަށް ރަސްމީ މަރުހަވާ ދެންނެވުމް އޮތީ ޖުމުހޫރީ މައިދާން ސަރަހައްދުގައެވެ. މިގޮތުން ޝައިހް ހަސީނާއާ އެންމެ ފުތަރަމަ މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސްގެ މަރުހަބާއަށް ފަހު ސްކޫލް ކުދިންގެ ހަރަކާތެއް ކުރިއަށްގެންގޮސްފައިވާއިރު 21 ބަޑީގެ އިއްޒަތް ވެސް ވަނީ އަރުވާފައެވެ.

ޝައިހް ހަސީނާގެ އިސްތިގުބާލަށް ރާއްޖޭގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން އެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.

އެކަމަނާގެ ދަތުރުފުޅު ނިންމަވާލައްވާ ބަންގަލްދޭޝްއަށް ފުރާވަޑައިގަންނަވާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.