މިދިޔަ އޮކްޓޯބަރު މަހު ސަފާރީއެއްގައި ރާއްޖެއަށް އެތެރެކޮށް، ފަޅު ރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ފެނުނު 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ މީހުންނަށް ދައުވާކޮށްފިއެވެ.

ފުލުހުން އޮކްޓޯބަރު 13 ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100 ކިލޯގެ ހެރޮއިނާ އެކު 10 މީހުން ހައްޔަރު ކުރި އިރު، އޭގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނު ދެ މީހަކު އޭރު ދޫކޮށްލާފައި ވާއިރު، އޭގެ ތެރެއިން އެކަކަށް ވަނީ މިހާރު ދައުވާކޮށްފައެވެ.

100 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ މީހުން:

  • ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ)
  • ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ)
  • ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު (34އ)
  • ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)
  • ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ)
  • ބަންގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ)
  • ބަންގްލަދޭޝް، ޑީއެމް މޮބިން
  • ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް (26އ)
  • ކ. މާފުށި، ސްވީޓްމީޑް، އަޙްމަދު މާހިރު
  • މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުޙާން ޝަމީމް

އެހެންކަމުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އިއްޔެ މި އަށް މީހުންނަށް ދައުވާކޮށްފައިވާއިރު، ހުރިހާ އެންމެންގެ މައްޗަށްވެސް ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އޭގެ ތެރެއިން ފަސް މީހަކަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާ އުފުލާފައި ވާއިރު، އެކަކުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ދައުވާތަކުގެ ތަފްސީލުތައް؛

ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ:

1. ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު

2. ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބު

3. ކ. މާފުށި، ސްވީޓްމީޑް، އަހްމަދު މާހިރު

4. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން

5. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ

6. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު

7. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް

8. ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން

ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 115 ވަނަ މާއްދާގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ:

1. ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް

2. މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުހާން ޝަމީމް

3. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ

4. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު

5. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް

ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 114 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ:

1. ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން

މީޑިއާތަކަށް މިއަދު ދިން މައުލޫމާތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މި މީހުންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އޮކްޓޯބަރު 13 ގައި 100 ކިލޯގެ މަސްތުވާކެތި އަތުލައިގެންފައިވާއިރު، އޭގެ އެއް ދުވަސް ކުރިން ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.