"އިންޑިއާ އައުޓް" ކެމްޕޭނަކީ ގޯސްތައް ފޮރުވަން ޔާމީން ހިންގަވާ "ޖަރީމާއެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ސިޔާސީ މަގުބޫލުކަން ހޯއްދަވަން ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެހެން ވިދާޅުވެފައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާއައުޓް" ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގޯސްތައް ފޮރުވަން ވެގެން އެމަނިކުފާނު ހިންގަވާ "ޖަރީމާއެއް" ކަމަށް ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމަ ގުޅިގެން ސައީދު ވިދާޅުވީ ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންްގި އެންމެ ބޮޑު ޖަރީމާއަކީ ޔޫޓީއެފް އާއި އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުން ކަމަށެވެ، ނާޒިމްއަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އެއީ އަމިއްލަ ނަފްސު ހިމެނޭ ކޯލިޝަން ހެދި މުޑުދާރު ގޯސް ކަމަށާއި ސިޔާސީ މަގުބޫލުކަން ހޯދަން ނާޒިމް ކުރައްވަނީ ފިނޑިކަމެއް ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވަނީ "އިންޑިއާއައުޓް" ހަރަކާތުގައި އެއްވެސް ރައްޔިތަކު ބައިވެރި ނުވާން އިލްތިމާސް ކުރައްވާފައެވެ.
"އިންޑިއާއައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެ ގޮތުން ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ އިދިކޮޅުގެ ހަރަކާތާއި ކ. ތުލުސްދޫގައި ބޭއްވި ހަރަކާތުގައިވެސް ރައީސް ޔާމީން ވަނީ "އިންޑިއާއައުޓް" ޖަހާފައި އޮތް ޓީޝާޓު ތުރުކުރައްވައިގެން ބައިވެރިވެ ވަޑައިގެންފައެވެ.
ސަރުކާރުގެ ބައެެއް ވެރިންނާއި ސަޕޯޓަރުން މިކަމާ އަންނަނީ ފާޑުކިޔަމުންނެވެ.
އޭ ސައީދު ނާޒިމަކީ އަބަދުވެސް ރާއްޖޭގައި މަގުބޫލު ލީޑަރެއް އެއްވެސް މީހަކު މަނިކުފާނު ގަބޫލުނުކުރައްވާނެ
އިންޑިއާ އައުޓް އެމްއެންޕީ އައުޓް ފިސްތޯލަ ނާޒިމް އައުޓް ބެކްބޯރން އުމަރޭ އައުޓް