ޖަލުތަކުން ގައިދީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތައް ނަގަން ފަށައިފިއެވެ.

ކަރެކްޝަންސް އިން ބުނީ، ކޮވިޑުގެ އަލާމާތްތައް ހުރެގެން މިހާތަނަށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވް ވެފައި ވަނީ ނުވަ ގައިދީންނާއި ޖަލު ބަލަހައްޓާ އޮފިސަރެއް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ޖަލުން އޮފިސަރަކާއި، މާލެ ޖަލުން އަށް ގައިދީއަކާއި މާފުށި ޖަލުން ގައިދީއެކެވެ.

އެހެންވެ، މިވަގުތު އިތުރު އޮފިސަރުންނާއި ގައިދީންގެ ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ ގައިދީންނާއި އޮފިސަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެގޮތުން އެފަހަރު 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.