ފެމިލީ ކޯޓު ރިސެސްއަށް ދިޔަނަމަވެސް ކައިވެނި ކޮށްދެނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން ބުނީ މިމަހު 16 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް އެކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.

ރިސެސްގެ މުއްދަތުގެ ތެރޭގައި މައްސަލަތަކުގެ ޝަރީއަތްތައް ހިންގުން މަދުކުރެވޭނެ ކަމަށް އެކޯޓުން ބުނެއެވެ.

ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކައިވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެއެވެ.

ފެމެލީ ކޯޓުން ބުނީރިސެސްގެ ތެރޭގައި، ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަފާތު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ލީޑަޝިޕް އެންޑް ޓައިމް މެނޭޖްމަންޓާއި، މޯޓިވޭޝަނަލް އަދި ސްޓެސް މެނޭޖްމަންޓް ސެޝަނަކާއި، މުވައްޒަފުންނަށް އަމާޒުކޮށްގެން އައިޓީ އާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ތަމްރީނުތައް ހިންގުން ހިމެނޭ ކަމަށް އެ ކޯޓުން ބުނެއެވެ.