އުރީދޫ އެމް ފައިސާއިން ބިލު ދައްކައިގެން 10 އިންސައްތަ އަނބުރާ އެކައުންޓަށް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން 10 ޕަސެންޓް އަނބުރާ ލިބޭނީ އެމްފައިސާ ބޭނުންކުރާ ބައެއް ރެސްޓޯރެންޓުތަކާއި ފިހާރަތަކުންނެވެ. އަނބުރާ ލިބޭ ފައިސާ ޖަމާވާނީ އެމްފައިސާ ވޮލެޓަށެވެ.

ޕްރޮމޯޝަނުގެ ދަށުން 10 ޕަސެންޓް އަނބުރާ ލިބޭ ތަންތަނަކީ ސެމިލީސް، ދަ ޑައިނާސް ކްލަބް، ދަ ގްރޯވް، ރެޑްވޭވް، ވީބީ މާޓް އަދި ޑަބްލިއުއެޗްއައިއެމްއެވެ.

އުރީދޫ އެމް ފައިސާ އަކީ ފަސޭހައި ބިލުތައް ދެއްކޭގޮތަށް ތައާރަފު ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓަށް ބީއެމްއެލް އާއި އެމްއައިބީ އާއި އެސްއައިބީ އެކައުންޓުތައް މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ. އެމްފައިސާ ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެއެވެ.

އެމްފައިސާގައި ރަޖިސްޓްރީވުމަށް، އުރީދޫ އެމްފައިސާ އެޕް ޑައުންލޯޑޮށް އެމް ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު އެމްފައިސާގެ އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާނީއެވެ. އެއަށްފަހު މޮބައިލް ނަންބަރާއި ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާނީއެވެ.