އަންނަ އަހަރު ސަރުކާރު ބަންދު ވާ އިތުރު 4 ދުވަހެއް ސަރުކާރުން ހާމަ ކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް 4 ދުވަސް އިތުރު ކުރުމަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.
އަންނަ އަހަރު ބަންދު ކުރާ 4 ދުވަސް:
- މޭ 5، 2022 (ބުރާސްފަތި)
- ޖުލައި 13، 2022 (ބުދަ)
- ޖުލައި 14، 2022 (ބުރާސްފަތި)
- ޖުލައި 28، 2022 (ބުރާސްފަތި)
ބަންދު ކުރަން ނިންމި ދުވަސްތަކުގެ ތެރެއިން މެއި 5 އަންނަނީ ފިތުރު އީދު ހަފްތާގައެވެ. އެއީ ކުޑަ އީދު ނިމި ސަރުކާރު ހުޅުވޭ ދުވަހަކަށް ބުރާސްފަތި ދުވަސް ދިމަވާ ދުވަހެވެ.
އަންނަ އަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި 9 އަކަށް ވާއިރު އީދާ ދިމާކޮށް ޖުލައި 13 އަދި 14 ބަންދު ކުރަން ނިންމާފައި ވަނީ ބޮޑު އީދަށް ފަހު އެ ހަފްތާގައި ސަރުކާރު ހުޅުވޭނީ ދެ ދުވަހަށް ކަމަށް ވާތީއެެވެ. މި ދެ ދުވަސް ބަންދު ކުރުމުން އެ ހަފްތާ އެއްކޮށް ސަރުކާރު ބަންދު ވާނެއެވެ.
ހަމައެހެންމެ ޖުލައި 28 ބަންދު ކުރަން ނިންމާފައި ވަނީ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް ބަންދު ކުރާ 2 ދުވަހަށް ފަހު ސަރުކާރު އަލުން ހުޅުވޭ ދުވަހަކީ ބުރާސްފަތި ދުވަހަށް ވާތީއެވެ.