ރ. ފުއްގިރި ޑީލްގެ ހަގީގަތް ސިއްރުތައް ހާމަ ކުރާ ޕެންޑޯރާ ޕޭޕާސްގައި ފަޅާއަރުވާލައިފިއެވެ.
ޕެންޑޯރާ ޕޭޕާސްގައި ބުނެފައިވާ ގޮތުން ފުއްގިރި އާއި އަދި އިތުރު ފަޅެއްގެ މުއާމަލާތް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ބައިއެޅޭ ގޮތަށް ހިންގާފައެވެ. އޭގެ ތެރެއިން ފަޅުގެ މުއާމަލާތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓީންގެ ކުރީގެ ޑެޕިއުޓީ އެޑްވައިޒަރަކާއި އިތުރު އޮފިޝަލުންނާ ގުޅިފައި ވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
ޕެންޑޯރާ ޕޭޕާސްގައި ވާ ގޮތުން އެ ފަޅު ދޫކޮށްފައި ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީ ކޮށްފައިވާ ޑެޕެޒާ ސާވިސަސް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެއީ ރިޒޯސް ހޮޓެލް ޗެއިންގެ އޯނަރުންގެ 50 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެވެ. އެމީހުން ނިސްބަތް ވަނީ ތުރުކީ ވިލާތަށެވެ. އެ ކުންފުނީގެ އަނެއް 50 ޕަސެންޓް ހިއްސާ އޮންނަނީ ރަޝިއާގެ ރައީސް ޕޫޓީންގެ ކުރީގެ ޑެޕިއުޓީ އެޑްވައިޒަރު ކިރީލް އެންޑްރޮސޯވް އާއި އޭނާއަށް ފައިނޭންސް ކުރާ މީހެއް ކަމަށްވާ އެވްގެނީ ނެވޮސްކީ ސިންގަޕޫރުގައި އުފައްދާފައި އޮންނަ ލޭންގް ކެޕިޓަލް ފަންޑަށެވެ.
ލޭންގް ކެޕިޓަލް ފަންޑަކީ ނެވޮސްކީ އާއި ރަޝިއާގެ ބޮޑު ކޮންގްލޮމަރޭޓެއް ކަމަށްވާ އޭއެފްކޭ ސިސްޓެމާއިން 50 މިލިއަން ޑޮލަރުން ހިންގާ ފަންޑެކެވެ.
2015 ވަނަ އަހަރު ލޭންގް ކެޕިޓަލް އިން ގަތް އެއް ތަނަކީ ރާއްޖެއިން ލެގޫން އެކެވެ. އަދި އެ ލެގޫންގެ ލީސްގެ ގޮތުގައި 2018 ވަނަ އަހަރު 2.5 މިލިއަން ޑޮލަރު ދިން ކަމަށާއި، އެ ފައިސާ ދިވެހި ސަރުކާރުގެ އޭރުގެ ބޮޑުން "ކާލީ" ކަމަށް ޕެންޑޯރާ ޕޭޕާސްގައި ތުހުމަތު ކުރެއެވެ.
ލެގޫން ގަތް ލޭންގް ކެޕިޓަލްއިން ވަނީ އެ ފަންޑުގައި އޮތް ޑެޕެޒާގެ 50 ޕަސެންޓެ ތުރުކީގެ އޯނަރުން ހިމެނޭ ރިޒޯސް އަށް 4 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. އެހެން ވުމާއެކު އެ ލެގޫންގެ މައްޗަށް ލޭންގް ފަންޑުގެ އެއްވެސް ބާރެއް ފަހުން ނުހިނގައެވެ.
ޕެންޑޯރާ ޕެޕާސްއިން ހާމަކުރި ދެވަނަ މައްސަލައަކީ ރ. ފުއްގިރީގެ މައްސަލައެވެ. އެ ރަށް ގަތުމުގެ މުގާބިލުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު އިންޑިއާގެ ވިޔަފާރިވެރިއަކު ދިން ކަމަށް ބުނެއެވެ.
ފުއްގިރިއަކީ ބީލަމަކާ ނުލައި 2015 އަހަރު ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސްއަށް 1.55 މިލިއަން ޑޮލަރަށް ވިއްކާލި ރަށެކެވެ. ކްލެސިކް ސިޓީ އަކީ އިންޑިއާގެ ފޮރިން އެކްސްޗޭންގް ގާނޫނާ ހިލާފަށް މަނީލޯންޑާ ކުރުމުގެ ތުހުމަތު އޮންނަ އިންޑިއާގެ ވިޔފާރިވެރިއް ކަމުގައިވާ އަވީނާޝް ބޯޝާލް އާއި އިންޑިއާގެ ޕޫނޭގައި ނުފޫޒުގަދަ ވިޔަފާރިވެރިއަކާއި އަމިތް ކްމާރު ގާނދީ ނަމަކަށް ކިޔާ ވިޔަފާރިވެރިއަކު ހިއްސާވާ ކުންފުންޏެކެވެ.
ޕެންޑޯރާ ޕޭޕާސް އިން ބުނާ ގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ރަށްތަކެއް ގާނޫނާއި ގަވާއިދާ ހިލާފަށް ވިއްކާ ހަދާފައި ވާ ކަމަށާއި އޭގެ ތެރެއިން ރައީސް ޔާމީނާ ސީދާ ގުޅުން ހުރިކަމަށް ފެންނަން ހުރީ މަދު މުއާމަލާތްތަކެއް ކަމަށް ބުނެފައި ވެއެވެ.
ފުއްގިރި އަކީ އެފަދަ އެއް ރަށް ކަމަށާއި، އެރަށުގެ ލީސް ބަދަލު ކުރަން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނީ ބްރިޓިޝް ވާޖިން އައިލެންޑްސް ގައި ރަޖިސްޓާ ކޮށްފައިވާ އޭއެންޑްއޭ ހޯލްޑިންގްސް ގްރޫޕް ލިމިޓެޑު ކިޔާ ކުންފުންޏަކުން ކަމަށާއި އެ ފައިސާ ދިނީ ރައީސް ޔާމީނުގެ ގާތް ބޭފުޅަކަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި ފަހުން އެ ފައިސާ ރައީސް ޔާމީނަށް ލިބުނު ކަމަށް އެ ޕޭޕަރުގައި ބުނެފައިވެއެވެ.
އޭއެންޑްއޭ ހޯލްޑިން ގްރޫޕް ލިމިޓެޑަކީ އަމިތް ކުރާރު ގާނދީ އާއި އޭނާގެ ބޭބެ އަވީނާޝް ކުމާރު ގާނދީގެ ހިއްސާ އޮންނަ ކުންފުންޏެވެ.
މި މައްސަލައިގައި ޕެންޑޯރާސް ޕޭޕާސް އިން ގާނދީއާއި ބޯޝާލްގެ އިތުރުން ރައީސް ޔާމީނާ އީމެއިން އިން ސުވާލު ކުރުމުން ޖަވާބެއް ދެއްވާފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.
މިވަރުގެ މީހަކު ވެރިކަމަށް ގެންނަން ހެޔޮވާނީ ކިހިނެތް ގައިގައި ފޮތި އަޅައިގެން ބޭރަށް ނުދިޔާމަ ނިމުނީތަ.
މިފަދަ ކިތައް ވާހަކަ ރައްޔިތުންގެ މިފަދަ ފައިސާ ނަގައިގެން ކުރާކަމަން އެނގޭނެ ދުވަހެއް އެބަ އޮތޭ. އޭނަ ވީމާ ކުރުވާހަކަ ކޮންތާކުން އޭނަ ހޯދިހައި ފައިސާއަކަށް ބިންގަނެ ބުރިބުރިއަށް ގެހަދައި އެކައުންޓަށް މިލިޔަނުން ފައިސާ ޖަމާކުރަނީ. އަމިއްލަޔަށް ބޯގޯސްވެގެން ބުނި ތިމަންނަގެއަށް ވަނީ ހަރާމަ ފައިސާއޭ. ެ
މި ރާއްޖޭގެ ކޯޓެއްގަ ޔާމީނުގެ މަށްޗަށް ކުށެއް ސާބިތެއް ނުވާނެ. ހަމަ ހުދު ފޮށާ ލައިގެން ހުންނަވާނީ. އަތެއްނުލެވޭނޭ ބުނެފަވަނީ.އެކަމަކު ރައްޔިތުންގެ ކޯޓުން އަދިވެސްހުކުމް އިއްވާނެ.
ހުސް ފުލޯކް
ބެކްޓީމުގެ ކުރުވާހަކަ އެއް އެއީ. ޚިޔާލީ ފޮލައެއް.